ފާއިތުވި ހަތަރު ދިހަ އަހަރަށްވުރެ ގިނަ ދުވަހު އީރާނުން އައީ ފަލަސްޠީނުގެ ޙައްޤުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރާ، އަދި އެ މައްސަލައިގެ މުހިންމު ދިފާޢީ ބާރެއްގެ ގޮތުގައި އެ ޤައުމު ތަމްސީލުކުރަމުންނެވެ. ކޮންމެ އަހަރެއްގެ ޤުދުސް ދުވަހު އިސްރާއީލު ކުށްވެރިކޮށް ތަޤްރީރުތައް ދިނުމާއި، އިސްލާމީ އުއްމަތުގެ އެންމެ ބޮޑު މައްސަލައަކީ ފަލަސްޠީނުކަމަށް ބުނުމަކީ އީރާނުގެ އިސްވެރިންގެ އާދައެކެވެ. ނަމަވެސް، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އީރާނުން ދައްކާ ވާހަކަތަކާއި އެ ޤައުމުގެ ޢަމަލުތަކާ ހުރި ބޮޑު ފަރަޤު […]