މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު އިމާމުންނަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ހަމަޖެހުނު ފުރުސަތެއް ކަމަށެެވެ.

އެގޮތުން މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް މިހާރު އަންގާފައިވާ ކަމަށާއި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން މޮރޮކޯގައި ގާއިމުކޮށްފައިވާ ހާއްސަ އިންސްޓިއުޓަކީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް ކަމަށާއި އެ ތަނުގައި ކިޔަވަން ތިބޭ މުއްދަތުގައި ޕޮކެޓްމަނީ ވެސް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.