މާލޭގެ ގެއެއްގެ 6ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މާފަންނު ގެއެއްގެ 6ވަނަ ފަންގިފިލާއިން އެގޭގެ ސިޑި ގޮޅިއަށް މީހާކު ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައި ވަނީ އިރުއޮއްސި 6:29 އެހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެއީ ބަގްލަދޭޝްއަށް ނިސްބަތްވާ ޢުމުރުން 47 އަހަރުގެ ފިރިހެނެއްކަމަށާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފަވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.