
ލ. މާވަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ނިންމާލައިފިއެވެ.
ގެދޮރުވެރިކަމާ ބިނާރާއި އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 61.46 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަސައްކަތުގެ ދަށުން 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، ވެލި ނަގާނެ ސަރަހައްދެއް ހޯދުމަށްޓަކައި ހަދަންޖެހޭ ޚާއްޞަ ސާވޭތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
Project Update: Design and Build of Dredging and Reclamation Works at L. Maavah
We have completed Phase 1 of land reclamation works.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/JccwB1kEBH
— MTCC Plc (@MTCCPlc) August 17, 2026
ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މާވަށުގެ ބިމުގެ ޖާގަ މިހާރަށްވުރެ ތަނަވަސްވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. ބިން ހިއްކުމުގެ އިތުރުން، އެރަށުގެ ތަރައްޤީއާ ގުޅިފައިވާ އިތުރު ގިނަ މަސައްކަތްތަކެއް މިވަގުތު ވެސް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ހަމައެހެންމެ، އައު ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ޤާއިމުކުރުމުގެ އިތުރުން ކުޅިވަރާއި ކަސްރަތަށް ޚާއްޞަ މަރުކަޒަކާއި ވޮލީ ކޯޓެއް ހެދުމުގެ މަސައްކަތް ވެސް މާވަށުގައި ދަނީ ކުރިއަށެވެ. ޢުމްރާނީ ތަރައްޤީގެ ރޮނގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާއިތުވި އަހަރުތަކުގައި އެމްޓީސީސީން ވަނީ މިފަދަ އެތައް މަޝްރޫޢެއް ވަރަށް ކާމިޔާބުކަމާ އެކު ނިންމާފައެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































