ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްކޮށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅާފައިވާ ނުވާ ކަން ފާހަގަކޮށް، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ބަޔާނެއް މިރޭ ނެރުއްވައިފި އެވެ.

މަންދީއާއި އެމްޑީޕީގެ އެކްޓިވިސްޓް މާޒު ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދައި އެ ދެ މީހުންނަށް ނޯޓިސް ފޮނުވައިފަ އެވެ.

ފުލުހުން ބަލަމުން ދަނީ މަންދީ ދެއްކި ވާހަކައަށް ވުމުން ސާޖިދާއާއި ރައީސްގެ އާއިލާއާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް މި ކަމަށް ފާޑުކިޔަމުންނެވެ.

ފަސްޓް ލޭޑީ މެޑަމް ސާޖިދާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި ސާޖިދާގެ ފަރާތްޕުޅުން ޖިނާއީ އެއްްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޖިނާއީ ދައުވާތަކެއް އުފުލުމުގެ ނިޔަތެއް ވެސް ނެތް  ކަމަށް ބަޔާނުގައިވެ އެވެ.

ސާޖިދާގެ ފަރާތްޕުޅުން އެ ކަމުގައި އުފުލާފައިވަނީ ހަމައެކަނި މަދަނީ ދައުވާތަކެކެވެ. އެ މައްސަލަތައް ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅާފައިވެ އެވެ. މަންދީގެ އިތުރުން އެމްޑީޕީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ދައުވާކޮށްފައިވެ އެވެ.

 

Leave a Reply