ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓެކްސީ ކިޔު ސަރަހައްދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި ބަޔަކު ފުލުހަށް ޙާޟިރުކޮށް ނަސޭޙަތް ދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެއަރޕޯޓައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ރޭ 12:15 ކަންހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހާޟިރުކޮށް މައުލޫމާތު ނަގައި ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެ ހާދިސާގެ ވީޑިއޯ ރޭ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އޭގައި ބުނެފައިވާ ގޮތުގައި ހަމަނުޖެހުން ހިނގީ ސްރީލަންކާގެ ބައެއްގެ މެދުގައެވެ.