
މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އަށް ބާރުބޮޑުވާނެތީ އަވަހަށް އެއާޕޯޯޓަށް ދިއުމަށް އިލްތިމާސްކޮށްފި އެވެ.
We anticipate a high volume of passenger traffic at @VelanaAirport on Friday afternoon, with the return of Umrah pilgrims alongside regular operations. To ensure a smooth journey, we advise all passengers to arrive early and allow extra time for check-in & security.
Umrah…
— Maldives Airports Company Ltd (@MACLmedia) April 3, 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ(އެމްއޭސީއެލް)އިން މިއަދު އެކްސްގައި ބުނީ މާދަމާ މެންދުރު ފަހު އުމްރާއަށް ދިޔަ ދިވެހީން އެނބުރި އަންނަން ފަށާނެ ކަމަށެވެ.
އެހެންކަމުން ޗެކިންއާއި ސެކިއުރިޓީގެ ކަންކަމަށް ވަގުތު ދިނުމުގެ ގޮތުން މާދަމާ އެއާޕޯޓަށް ފުރަންދާ މީހުން މާދަމާ އަަވަހަށް އެއާޕޯޓަށް އައުމަށް އެމްްއޭސީއެލް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއޭސީއެލްއިން ބުނީ އުމްރާވެރިން އެނބުރި ރާއްޖެ އަންނާނީ މާދަމާ މެންދުރު ދޭއް ޖަހާއިރާއި އަދި ހަވީރު ހަތަރެއް ޖަހާ އިރު ކަމަށެވެ.
އެހެންކަމުން ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުނުވާނެ ގޮތަށް ކަންކަން ރޭވުމަށްޓަަކައި ޓެކްސީ އޮޕަރޭޓަރުންނާއި ދަތުރު ފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން އެމްއޭސީއެލްއަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭން އެ ކުންފުނީގެ ސްޓާފުން އެއާޕޯޓް ސަރަހައްދުގައި މާދަމާ ހަރަކާތްތެރިވެސް ވާނެ ކަމަށެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































