އޮރެންޖު ހިޔާ ބަސްރޫޓަށް (އާރު 15)މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބަދަލުތަކެއް ގެނެސްފިއެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ އޮރެންޖު ހިޔާއަށް ދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި ބަދަލުތައް ގެނައި ރޫޓަށް ދަތުރުކުރާނީ މާދަމާއިން ފެށިގެން ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ގެނައި ބަދަލާ އެކު އޮރެންޖު ހިޔާ ބަސްތައް ދެން ދަތުރު ކުރާނީ މަޖީދީމަގުން ފެށިގެން ވެސްޓް ޕާކާ ދިމާއަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އޮރެންޖު ހިޔާ ބަސް ހުއްޓާނެ ބަސްހުއްޓިތަކަކީ:

  • ވެސްޓްޕާކު
  • މާފަންނު ސަހަރާ
  • ސިޓީ ސްކޮއާ
  • ހީނާމާގެ
  • ހެންވޭރު ސްޑޭޭޑިއަމް
  • ރާޅުގަނޑު
  • އޮރެންޖު ހިޔާ
  • ސެނަހިޔާ
  • މުނިއުފާ
  • އިބްރާހިމް މިސްކިތް
  • ސިޓީ ސްކޮއާ
  • ފިނި ޕާކް

އޮރެންޖު ހިޔާ ބަސްރޫޓަށް ބަދަލުތަކެއް ގެނެސްފައިވާއިރު އަމީނީ މަގު މަރާމާތު ކުރުމަށް ވެސް މި ފަހުން ބަސް ރޫޓު ތަކަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އާރު 1 -ވެސްޓް ޕާކުން ހުޅުމާލެ ފޭސް 1ރޫޓް، އާރު 3 -ވެސްޓް ޕާކުން އެއާޕޯޓު ރޫޓް، އާރު 7 -ވެސްޓް ޕާކުން ހުޅުމާލެ ފޭސް 2ރޫޓު އަދި އާރު 15 -ވެސްޓްޕާކުން އޮރެންޖް ހިޔާ ރޫޓަށް ބަދަލުކޮށްފައިވެއެވެ. އާރު 10 -އޯކިޑް ރޫޓަށް ވެސް ބަދަލު ގެނެސްފައިވާ އިރު މި ރޫޓުގެ ދަތުރުތައް ފައްޓާ އަދި ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕްއިންނެވެ. މި ރޫޓުގެ ދަރުމަވަންތަ ހޮސްޕިޓަލް ސްޓޮޕާއި، ސޯޝަލް ސެންޓާ ސްޓޮޕްގެ އިތުރުން އައިޖީއެމްއެޗް ސްޓޮޕް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.