އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމަށް ޔާސީން ހުސެއިން މިއަދު އައްޔަނުކޮށްފި އެވެ.

ޔާސީން އެ މަގާމަށް އައްޔަނުކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ބޯޑުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

ޔާސީންއާއެކު އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އަށް މެމްބަރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ދެ މެމްބަރުންވެސް ހިމެނެ އެވެ.

އެމްޓީސީސީގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު އަފީފް ހުސެއިން އެވެ.

Leave a Reply