
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ އުފާވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ މާކުންބެ 1،000 ކޮފީ ހިލޭ ބަހަން ނިންމައިފި އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފާހަގަކުރަމުންދާ އުފާވެރިކަމުގެ ދުވަހާ ގުޅިގެން އުރީދޫން ބުނީ ދުވަހުގެ މުނާސަބަތުގައި މިއަދު ހިލޭ ކޮފީއެއް ބޯލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމަށެވެ.
އުރީދޫގެ މި އަހަރުގެ ކަލަންޑަރުގެ ހިނގަމުން މިދާ މަހަށް ހާއްސަ ކޮށްފައިވާ ކެރެކްޓާ، މާކުންބެ އާ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ވާހަކަ ދައްކައިގެން އެކަން ވާނެ ކަމަށް އުރީދޫން ބުންޏެވެ.
މާކުންބެގެ އަތުން ހިލޭ ކޮފީއެއް ހޯދަން ބޭނުންވާ ފަރާތްތަކުން ހަމައެކަނި ޖެހޭނީ އެކަަމަށް އެދި މެސެޖު ކުރާށެވެ.
Celebrate International Happiness Day with a cuppa from us! ☕️ 🎁
Get a FREE coffee from Maakunbe—just ask him for one! We’re giving away 1000 FREE coffees to spread the joy.
Claim yours now 👉 https://t.co/K5m746XOef#AIFuloaku pic.twitter.com/5Uaas9jHdP
— Ooredoo Maldives (@OoredooMaldives) March 19, 2025
“ނެތްތަ ކޮފީއެއް،” ނުވަތަ އެފަދަ އިބާރާތަކުން ކޮފީއެއް ބޭނުންވާ ކަމަށް ބުނެ މެސެޖު ކުރުމުން ގުޅޭނެ ނަމްބަރެއް ދިނުމަށް މާކުންބެ އެދޭނެ އެވެ. ނަމްބަރާ އެކު އުރީދޫ ޓެކްސްޓް އަ ކޮފީ ސާވިސް މެދުވެރިކޮށް ހިލޭ ކޮފީއެއް ބޯލުމުގެ ފުރުސަތު ލިބުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ.
ދުވަހާ ގުޅިގެން އުފާވެރިކަން ފެތުރުމަށް އެ ކުންފުނިން ހަދިޔާކުރާ ކޮފީ ފޯރުކޮށްދޭނީ “Lyre” އިން ކަމުގައި އުރީދޫން ފާހަގަކުރި އެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































