ހުޅުމާލޭގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެެސެޖެއްގައި ފުލުހުން ބުނީ މާރާމާރީ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގައި ކަމަށާއި، ރޭ 10:08 ހާއިރު އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަމެއް ހިނގީ ނޭޕާލުގެ މީހަކާ ބަންގްލަދޭޝްގެ މީހަކާ ދެމެދު އެވެ.

މައްސަލައާ ގުޅިގެން ނޭޕާލް މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ، މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވީ ކަމަށެވެ. އެކަމަކު ލިބުނީ ސީރިޔަސް އަނިޔާތަކެއް ނޫން ކަމަށް ބުންޏެވެ.