ކުރީގެ އަނބިމީހާ އަށް ބިރުދައްކައި ބްލެކްމެއިލް ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކުރީގެ އަނބިމީހާ އަށް ބިރުދައްކައި ބްލެކްމެއިލް ކުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވެ އެވެ.

މުޖުތަަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 10 ދުވަހަށް ބަންދުކޮށްފަ އެވެ.

Leave a Reply