ކުރިއަށް އޮތް ބޮޑު އީދަށް އީދު ލައިޓް ހޯދަން ޑިމާންޑް ވަރަށް ބޮޑުކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަރީފް އެކްސްގައި ވިދާޅުވީ ބޮޑު އީދަށް، އީދު ލައިޓް ހޯއްދަވަން ވަރަށް ގިނަ ކައުންސިލްތަކުން މިނިސްޓްރީގައި އެދެމުންދާ ކަމަށެވެ.

އެހެންވެ އީދު ލައިޓަށް ޑިމާންޑް ވަރަށް ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ބޮޑުއީދަށް އީދު ލައިޓް ނުހޯދަން. މިދިޔަ އަހަރުވެސް އީދުލައިޓް ހޯދީ އެއްފަހަރު” މިނިސްޓަރު ވިދާޅުވި އެވެ.

އީދު ލައިޓް ހޯދަން ކައުންސިލެއްގެ ބޭފުޅަކު ފޮނުއްވި މެސެޖެއްގެ ސްކްރީން ޝޮޓެއް ވެސް މިނިސްޓަރު ހިއްސާ ކުރެއްވި އެވެ.

އީދަށް ލައިޓް ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިޓްތައް ދިއްލައި ކުލަގަދަކޮށް ފާހަަގަކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަ ހަވާލުވެޑައިގަތް ފަހުން  އައި ފުރަތަމަ އީދުގައި 2024 ވަނަ އަހަރު އެވެ.

ވަކި ޕްލޭނެއްގެ ދަށުން ކޮންމެ ކުޑަ އީދަކަށް އޭގެ ލައިޓުތަކެެއް އެކި ރަށްރަށަށް ފޮނުވަ އެވެ. ސަރުކާރުގެ ވިސްނުމަކީ ބަހާލައިގެން ދެމުން ހުރިހާ ރަށެއްގައި މީގެ ވަސީލަތް ހަމަކުރުމެވެ.

Leave a Reply