ދަތިކުރުމުގެ ފިޔަވަޅުތަކާއި، ހަނގުރާމަތަކުގެ އިތުރުން ކަނޑުމަގުގެ ދަތުރުފަތުރަށް ހުރި ހުރަސްތަކާ ހުރެ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ހަކަތައިގެ މަގުތަކަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި، ތެލާއި ސްޓްރެޓީޖިކް މުދާ މެދުކެނޑުމެއްނެތި އިންޑިއާއަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ރަޝިޔާއިން ދަނީ މަސައްކަތްކުރަމުންނެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މެދުތެރޭ އަދި ދެކުނު އޭޝިއާ ހުރަސްކޮށް އިންޑިއާއަށް ސީދާ ރޭލްވޭ ލިންކެއް ޤާއިމުކުރުމަށް މޮސްކޯއިން ހުށަހަޅާފައިވާ ޚިޔާލަކީ، ހޯމޫޒް ކަނޑުއޮޅިއާއި، ބޮސްފަރަސް ކަނޑުއޮޅީގެ އިތުރުން ހުޅަނގުގެ ފިއްތުންތަކުން ބޭރުން […]