މާލެ، ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ސަރަހައްދުގެ މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

“އެކްސް” ގައި ކުރި ޕޯސްޓެއްގައި މިއަދު ފުލުހުން ބުނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ރަސްފަންނު ސަރަހައްދު ބަލަހައްޓަމުން އަންނަ ކަމަށާ އަދި އެ ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ސަރަހައްދަށް ކަޅުތެޔޮ އެޅުނު ގޮތް މިހާތަނަށް އެނގިފައިވާ ނުވާއިރު، ފުލުހުން ވަނީ ރަސްފަންނުގެ މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

Leave a Reply