
ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައި، އީދު ސަލާން ކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 9 އިން 11 އަށް ރިޔާސީ ގަނޑުވަރު، މުލީއާގޭގަ އެވެ.
ރައީސް އޮފީހުން ބުނީ މުލީއާގޭގައި ބޭއްވެވި އީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާ އަދި ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
President Dr @MMuizzu and First Lady Madam @sajidhaamohamed meets members of the public to extend Eid al-Fitr greetings. The gathering was held at Mulee’aage, the official residence of the President. Cabinet Ministers, senior Government officials, Members of Parliament, foreign… pic.twitter.com/XLuTtKy74s
— The President's Office (@presidencymv) March 30, 2025
އެ ބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އާއިލާތައް އީދު ސަލާން ކުރުމަށް ޓަކައި ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ.
އިތުރަށް ބުނި ގޮތުގައި އީދު ދުވަހާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަހައްދުގައި މިއަދު ހަވީރު ކުރިއަށްގެންދާ އީދު ހަވީރުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































