ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ އަނދަމުންދާ ކަން ސިފައިން ދެންމެ ހާމަކޮށްފި އެވެ.

‘ހޮޅުދޫ ބޯޓު’ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ރޯވެގެން އުޅޭ ކަން ހާމަކޮށް، ސިފައިން ހިއްސާކުރި ވީޑިއޯއިން ފެންނަނީ މުޅި ބޯޓުގައި ރޯވެގެން އުޅޭ މަންޒަރެވެ.

އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވަމުން ދަނީ ކައްދޫ ފަޔާ ސްޓޭޝަނުން ކަމަށް ސިފައިން ބުންޏެވެ.

ބޯޓު އޮތް ސަރަހައްދެއް ސިފައިންނެއް އަދި ނުބުނެ އެވެ. އަލިފާން ރޯވަމުންދާއިރު ބޯޓުގައި ތިބި މީހުންގެ އަދަދެއް، މީހަކަށް އަނިޔާވި ކަމެއް ވެސް އަދި ސާފެއް ނޫނެވެ.

Leave a Reply